ޢީދު ބައިބަލާ 1447ގައި ހަތަރުވަނަ ރޭގެ 6 ވަނަ މެޗު ކާމިޔާބުކޮށް ކުޑަހެންވޭރު ޔުނައިޓެޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ 4 ވަނަ ރޭ ކުޅެވުނީ ފުރަތަމަ މެޗުން ބަލިވި ޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކެވެ. މިގޮތުން ކުޑަހެންވޭރު ޔުނައިޓެޑް ދެވަނަ ބުރު ޔަގީންކުރީ ލަޔަންސް އެންޑް ޓައިގަރސްގެ މައްޗަށް ސީދާ 2 ގޭމުން ކުރި ހޯދައިގެންނެވެ.
ބޭރުން ކުޅެގެން ކުޑަގެންވޭރު ފުރަތަމަ ގޭމް ކާމިޔާބުކުރީ 6-5 ނެވެ. މިގޭމުގައި ކުޑަ ހެންވޭރު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގައި 2 ކުޅުންތެރިން ނުބައިކުރި މޫސާ ސަމީންއެވެ.
އެތެރެ ގޭމްގައިވެސް މޮޅު ކުޅުމެއް ސަމީން ވަނީ ދައްކާފައެވެ. މިގޮތުން އެތެރެ ގޭމް ގައި ސަމީން ވަނީ 4 ކުޅުންތެރިން ހިފަހައްޓާލާފައެވެ. މި ގޭމް ކުޑަހެންވޭރު ކާމިޔާބުކުރީ 14-3 އަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީވެސް ސަމީންއެވެ.