ޚަބަރު

ގަދަހިފުމުގައި ޓީސީ ކްލޭސިކް ބަލިކޮށް ކުޑަހެންވޭރު ސްޓްރީޓް ދެވަނަބުރަށް


2006 އަހަރުގެ ޢީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި ޓީސީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ޓީސީ ކްލޭސިކް ގަދަ ހިފުމުން ބަލިކޮށް ކުޑަހެންވޭރު ސްޓްރީޓް ޢީދު ބައިބާލާ ޗެލެންޖު 1447ގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިމެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން ކުޑަހެންވޭރު ސްޓްރީޓް ކާމިޔާބުކުރީ 9-8 އަކުންނެވެ. މި ގޭމްގައި ކުޑަހެންވޭރަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަލީ ސޮފްވާންއެވެ. ސޮފްވާން ވަނީ ބޭރުން އަރާ ޓީސީގެ 7 ކުޅުންތެރިން ނުބައިކޮށްފައެވެ.

ދެވަނަ ގޭމްގައި ޓީސީ ކްލޭސިކުން ބޭރުން ކުޅެގެން މޮޅުވީ 6-5 އަކުންނެވެ. މިގޭމްގައި ޓީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 2006 ވަނަ އަހަރުގެ މިސްޓަރ ބައިބަލާގެ މަގާމް ހޯދި ޔާމީން އިބްރާހިމްއެވެ. ޔާމީން ވަނީ 4 ކުޅުންތެރިން މެޗުގައި ނުބައިކޮށްލާފައެވެ.

ގަދަ ހިފުމުގެ ފުރަތަމަ 4 ބުރުވެސް ބޭރުން އެރި ކުޅުންތެރިން ގެންދިޔަ އިރު 5 ވަނަ ހިފުން ކުޑަހެންވާރުން ކާމިޔާބުކުރީގެ ގުރު ދިމާވުމުން ބޭރުން އަރައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އަލީ ސޮފްވާންއެވެ.