ރ. ހުޅުދުއްފާރާއި އއ. ހިމަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްފިއެވެ.
މިދެ މަޝްރޫޢުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއުކުރެއްވީ، ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގ ޖެނެރަލް މެނޭޖަރ ޙަސަން ރިފާޢީ ބުޝްރީއެވެ.
އއ. ހިމަންދޫ އަދި ރ. ހުޅުދުއްފާރު (ދެވަނަ ފިޔަވަހި) މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
— Ministry of Construction, Housing & Infrastructure (@MoCImv) March 25, 2026
މި އެއްބަސްވުންތަކުގައި އި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް… pic.twitter.com/N8e5P0K7NK
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ރ. ހުޅުދުއްފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ، މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތެވެ. ހިމަންދޫ މަގު ހެދުމުގެ މަސައްކަތް ހިމެނޭހެން މި ދެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.