ޚަބަރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް


  • ކޮމެޓީގައި މިހާރު ތިއްބަވަނީ 5 ވަޒީރުން

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ފެބުރުވަރީ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފިއެވެ.

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މިހާރު މި ކޮމެޓީ ޗެއަރ ކުރައްވަނީ މާލީ ކަންކަމާއި ބެހޭ ވަޒީރެވެ.

މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

މާލީ ކަންކަމާއި ސަރުކަރު ކުންފުނިތަކާއި ބެހޭ ވަޒީރު މޫސާ ޒަމީރު، (ޗެއަރ)
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން

ކުރިން މި ކޮމެޓީގައި 9 ވަޒީރުން ތިއްބަވައެވެ. ނަމަވެސް މިހާރު މި ކޮމެޓީގައި ތިއްބަވާ ވަޒީރުންގެ އަދަދު ވަނީ 5 އަށް މަދުކުރައްވާފައެވެ. ރައީސް އުފެއްދެވި ކޮމެޓީން ދަނީ ކޮންމެ ހަފްތާއަކު މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ހާމަކުރައްވަމުންނެވެ.