ޚަބަރު

އަށް އަހަރަށް ފަހު ވޮލްވްސް ރެލިގޭޓްވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ތާވަލުގެ ފުލުގައި އޮތް ވޮލްވްސް ރެލިގޭޓް ވެއްޖެއެވެ.

ޕްރިމިއާ ލީގުގެ ފުލުގައި މިހާތަނަށް ކުޅުނު 33 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު އޮތް ވޮލްސް ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފައި ވަނީ ރޭ ވެސްޓްހޭމަށް ޕޮއިންޓެއް ލިބުމުންނެވެ. ވޮލްވްސް ރެލިގޭޓް ވެފައި ވަނީ އަށް އަހަރަށް ފަހުއެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވެސް އެ ކުލަބު ވަނީ ރެލިގޭޓުވެފައެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން ވެސްޓްހޭމަށް ވަނީ 33 މެޗުން 33 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ މަޤާމު ލިބިފައެވެ. އެހެންކަމުން ލީގުގައި ވޮލްވްސަށް ބާކީ އޮތް 5 މެޗުން 15 ޕޮއިންޓް ލިބުނު ނަމަވެސް އެ ޓީމަށް ލިބޭނީ 32 ޕޮއިންޓެވެ. ކްރިސްޓަލް ޕެލަސަށް 32 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި ދެން ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަނީ ޓޮޓްނަމް ހޮޓްސްޕާއާއި ބަރންލީއެވެ. ޓޮޓްނަމަށް 33 މެޗުން 31 ޕޮއިންޓާއެކު ތާވަލުގެ 18 ވަނަ މަޤާމު ލިބިފައިވާއިރު ބަރންލީއަށް ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގައެވެ.