ޚަބަރު

ޑިސެންބަރަށްފަހު ފުރަތަމަ ފަހަރަށް ޓޮޓްނަމް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ޑިސެމްބަރ މަހަށްފަހު ޓޮޓްނަމް ހޮޓްސްޕަރ ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.

ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވާ ވޮލްވްސް އާއި ދެކޮޅަށް ރަށުން ބޭރުގައި ޓޮޓްނަމް ހޮޓްސްޕަރ ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ޖޮއާއޯ ޕަލީނިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޓޮޓްނަމް ގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ރޮބާޓޮ ޑި ޒެރްބީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އޮތީ 34 މެޗުން 34 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.

1977 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރެލިގޭޝަނުން ސަލާމަތް ވުމަށް ޓޮޓްނަމްގެ އަމިއްލަ ބާރު އޮތީ ލީގުގައި ކުރިއަށް އޮތް ހަތަރު މެޗުންވެސް މޮޅުވެ ވެސްޓްހޭމް އާއި ނޮޓިންހަމް ކުރިއަށް ކުޅެން ހުރި މެޗުތަކުން އެ ޓީމުތައް ބަލިވެގެންނެވެ.

ޕްރިމިއާ ލިގުގައި އަންނަ އާދީއްތަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ ނިކުންނާނީ ރަށުން ބޭރުގައި އެސްޓަން ވިލާ އާއި ދެކޮޅަށެވެ.