މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަހުމަދު މުބީން އައްޔަންކޮށްފިއެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް މުބީން އައްޔަން ކުރުމާ ގުޅިގެން މަރުޙަބާކިޔާފައެވެ. އެގޮތުން، މުބީންގެ ތަޖުރިބާ އާއި ލީޑަރޝިޕްގެ ދަށުން އެ ކުންފުނި ކާމިޔާބީގެ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަޤާމަށް އައްޔަންކޮށްފައިވާއިރު އޭނާވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރުގެ މަޤާމުވެސް މުބީން ވަނީ އަދާކުރައްވާފައެވެ.