މިދިޔަ ހަފްތާގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަޙައްދުގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކާ ގުޅިގެން، 559,879 އަށްވުރެ ގިނަ ރުފިޔާގެ ފައިސާއާއި ތަކެތި ހޯދިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި ތަކެއްޗާއި ފައިސާ ހޯދާފައިވަނީ 2026 އޭޕްރީލް 26 އިން މޭ 2 ގެ ނިޔަލަށްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާގެ އިތުރުން، ފޭރިގެންފައިވާ ނުވަތަ ވަގަށް ނަގާފައިވާ ތަކެތީގެ އަންދާޒާ ކުރެވޭ އަގު ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުން މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން 278,910 ރުފިޔާ ހޯދާފައިވެއެވެ. އަދި މާފަންނު ޕޮލިސް ސްޓޭޝަނުން 184,800 ރުފިޔާ ހޯދާފައިވާއިރު، ހެންވޭރު ޕޮލިސް ސްޓޭޝަނުން 94,169 ރުފިޔާ ހޯދާފައިވާކަމަށާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނުންވެސް 2,000 ވަނީ ރުފިޔާ ހޯދާފައިކަމަށެވެ.
From 26 April to 2 May 2026, Malé Police successfully recovered a total of MVR 559,879. This includes MVR 278,910 by Galolhu Police, MVR 184,800 by Maafannu Police, MVR 94,169 by Henveiru Police, and MVR 2,000 by Villimalé Police.
— Maldives Police (@PoliceMv) May 5, 2026
Note: The recovered amount includes both cash… pic.twitter.com/uX1mFf0j0q
މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ފައިސާއާއި ތަކެތި ހޯދާފައިވަނީ އާންމުން ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ހިންގި ތަހުގީގުތަކުގެ ތެރެއިންކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސްކޭމްގެ މައްސަލަތަކާއި ފޭރުމުގެ މައްސަތައް ރިޕޯޓްކުރާވަރު އިތުރުވަމުންދާތީ ފުލުހުން ވަނީ އެފަދަކަން ކަމަށް ސަމާލުވުމަށް އިލްތިމާސްކުރަށްވާފައެވެ. އަދި މިގޮތަށް މީހުން މިފަދަ މަޅިތަކުގައި ޖެއްސުމަށް ސްކޭމަރުން ބޭނުންކުރާ މަންސަތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރަށްވާފައެވެ.