ޚަބަރު

10 ބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 16 ގުރޫފް


  • 10 ބޯލް އެސޯސިއޭޝަން ކަޕް 2026 ފަށާނީ މޭ 13 ގައި

  • 16 ގުރޫޕުގެ މެދުގައި ޖުމްލަ 395 މެޗު ކުޅޭނެ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 10 ބޯލް ޗެމްޕިއަންޝިޕަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މުބާރާތުގައި ޖުމްލަ 116 ކުޅުންތެރިން ވާދަކުރާނެ ކަމަށް އެސޯސިއޭޝަނުން ބުނެފިއެވެ.

މިއަހަރުގެ މުބާރާތް މެއި 13 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ޖުމްލަ 395 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތުގައި މިއަހަރު ވާދަކުރާ ކުޅުންތެރިން ވަނީ 16 ގުރޫޕަކަށް ބަހާލާފައެވެ.

ކޮންމެ ގުރޫޕެއްގައި 8 ކުޅުންތެރިން ހިމެނޭހެން 16 ގުރޫޕް އަދި ކޮންމެ ގުރޫޕެއްގައި 7 ކުޅުންތެރިން ހިމެނޭހެން 12 ގުރޫޕަކުންނެވެ.

ކޮންމެ އަހަރެއްގައިވެސް ރޭންކިން މުބާރާތުގެ ކުރިން އެމްޕީބީއޭއިން އެސޯސިއޭޝަން ކަޕްގެ ގޮތުގައި 3 މުބާރާތް ބާއްވައެވެ. އެއީ އެއިޓް ބޯލް، ނައިން ބޯލް އަދި ޓެން ބޯލް ޓޯނަމަންޓެވެ.

އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގައި 118 ބައިވެރިން ވާދަކުރިއެވެ.

މިއަހަރުގެ މުބާރާތް މާދަމާއިން ފެށިގެން 21 މެއި ގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މާލޭ ޕޫލް ބިލިއާޑް ހޯލުގައެވެ.