ޚަބަރު

ވަޒީރު އިރުތިޝާމް އިންޑިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި


  • ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވޭ

  • ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ދައުރު ފާހަގަކުރެއްވި

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ނިއުދިއްލީގައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ވަޒީރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.