"ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ރީޖަން 2 ބ. އޭދަފުށީގައި ފަށައިފިއެވެ.
މި ޕްރޮގްރާމުފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓ، ސްޕޯޓްސް އެންޑް ފިޓްނެސްޢަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައިކުޅިވަރު ވުޒާރާގެ ބޭފުޅުންނާއި އޭދަފުށީ ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ހަރަކާތުގައި ބ. އަތޮޅުގެ އިތުރުން ރ. އަދި ނ.އަތޮޅު ހިމެނޭހެން 60 ފަރާތަކުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި 17 ކުޅިވަރުކައުންސިލަރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމުފެށިގެން ދިޔައީ އޭދަފުށީގެ އަތިރިމަތީގައި ކުރިއަށްދިޔަ މޫދު ކަސްރަތުސެޝަނަކުންނެވެ.
މީގެ އިތުރުން ފަންޑަމެންޓަލް އޮފް ފިޒިކަލް ޓްރޭނިންގ ސެޝަނަކާއިނިއުޓްރިޝަން ސެޝަނެއްގެ އިތުރުން ޒުމްބާ ސެޝަނެއްވެސް މި ޕްރޮގްރާމުގެ ދަށުންކުރިއަށްދާނެއެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެއާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރމުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެމަތިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް،ސްޕޯޓްސް އެންޑް ފިޓްނަސްގެ “ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް”ގެ ބެލުމުގެދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގޭ ޤައުމީ ޕްރޮގްރާމެކެވެ.
މިގޮތުން ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާހިންގާނީ އެރަށެއްގައި ހުންނަ މިނިސްޓްރީއޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޕޯޓްސް ކައުންސެލަރުންކަމަށްކުޅިވަރު ވުޒާރާއިންވަނީ މައުލޫމާތުދެއްވާފައެވެ.
މިޕްރޮގްރާމު ހިންގުމުގައި ބަލާނީ އެރަށަކަށް އެންމެ މުހިންމު ޕްރޮގްރާމެއްހިންގުމަށްކަމަށާއި މި ހަރަކާތް ކުރިއަށްގެންދާއިރު ރަށުން ލިބެންހުރި ވަސީލަތްތަކާއިރަށުގައި އެކަމުން ތަމްރީނުލިބިފައިވާ ފަރާތްތައް މި ޕްރޮގާރާމުގައި ބޭނުންކުރުމަށްއިސްކަންދެއްވާނެކަމަށް ކުޅިވަރު ވުޒާރާއިންވަނީ ވިދާޅުވެފައެވެ.