ޚަބަރު

ޕީއެސްއެމްގެ "ނޭޝަން ޗެޓް: ރައީސުލްޖުމްހޫރިއްޔާއާއެކު" މިރޭ ފަށަނީ


  • ޕީއެސްއެމް ނިއުސް، ޓީވީއެމް، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ

  • މިޕްރޮގްރާމް ދައްކާނީ މިރޭ 9:00 ގައި

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިރޭ މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ސިޔާސީ މަޝްރަހާއި ޤައުމުގެ ތަރައްގީ އާއި ޞިއްޙީ ދާއިރާ އާއި އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ވަޠަނީ ޚިދުމަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ހިއްސާކުރައްވާނެއެވެ. މި ޕްރޮގްރާމް މިރޭ 9:00ގައި ޕީއެސްއެމް ނިއުސް އާއި ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ގެނެސްދެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، ނޫސްވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި ރާއްޖޭގައި އެއިރެއްގައި ސަރުކާރުން ހާމަކުރަން ހުރި ކަންކަން ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮންމެ ހަފުތާއެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މެދުވެރިކޮށް ނޫސްވެރިން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮންމެ ހަފުތާއަކު "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައިވެސް ޚާއްސަ ޕްރޮގްރާމެއް ސަރުކާރުން ދަނީ ހިންގަމުންނެެވެ.