ވޯލްޑް ކަޕުގައި އިނގިރޭސިވިލާތުގެ ސަޕޯޓަރުންނަށް ދަނޑަށް ބޮޑެތި ދިދަ އާއި ބެނާ ނުވެއްދޭނެ ކަމަށް ފީފާއިން ބުނެފި އެވެ.
އެ ޖަމާއަތުން ބުނީ ދަނޑުގައިވާ ޑިޖިޓަލް ބޯޑުތަކަށް ހުރަސް އެޅޭގޮތަށް ތައްޔާރުކޮށްފައިވާ ބޮޑެތި ވިހުރޭ ދިދަތައް ނުދެއްދޭނެ ކަމަށެވެ. އަދި ބޮޑެތި ބެނާތައް ވެސް ދަނޑަށް ވެއްދުން މަނާވާނެ ކަމަށެވެ.
"މިއީ ސަލާމަތީ ގޮތުން ރައްކާތެރިކަން އިތުރު ކުރުމަށް އެޅި ފިޔަވަޅެއް. މިހާރު ދަނޑަށް ވެއްދޭނީ ކުދި ދިދަތައް އެކަނި،" ފީފާއިން ބުންޏެވެ. ފީފާއިން ބުނީ މުބާރާތުގައި ބައެއް ގައުމުތަކުން ބޮދެތި ދިދަ ތަކާއި ބެނާތައް ވެއްދުމުން ބައެއް ކަންކަމަށް ހުރަސް އެޅި އަދި ހަމަނުޖެހުން ގެއްލިދާ ކަމަށެވެ.
"ބެނާ ވެދާނެ ވަރަށް ސިޔާސީ ކަމަކަށް. ވަރަށް ދޭދެވޭ ވާހަކަ ލިޔެފައި ހުންނަ އެއްޗަކަށް. އަދި ކުޅުންތެރިންނާ ދިމާކުރުން ފަދަ ކަމަކަށް ވެސް. މުބާރާތް އޮގަނައިޒް ކުރާ ފަރާތުގެ ހައިސިއްޔަތުން މިކަންކަން ހުއްޓުވަން ޖެހޭ. އެހެންވީމާ ކުދި ދިދަތައް ދަނޑަށް ވެއްދިދާނެ. އަދި ޑިޖިޓަލް ބޯޑުތަކަށް ހުރަސް ނޭޅޭ ގޮތަށް ވިހުރުވޭނެ،" ފީފާއިން ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ އިނގިރޭސިން ނުކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.