ޚަބަރު

ފެރަން ޓޮރޭޒް ޕީއެސްޖީއަށް ބަދަލުވުމުގެ މަރުހަލާ ނިމުމަކަށް!


  • ބާސާގެ ޕްރެކްޓިސްގައި ދެން ބައިވެރިނުވާނެ

ސްޕެއިން ފޯވާޑް ފެރަން ޓޮރޭޒް ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވުމުގެ މަރުހަލާ ނިމުމަކާ ހަމައަށް އަތުވެއްޖެއެވެ. ރިޕޯރޓްތައް ބުނާ ގޮތުން މިރޭ ކުޅޭ ސުޕަރ ކަޕް މެޗަށްފަހު ފެރަން ޓޮރޭޒް ޕީއެސްޖީއަށް ސޮއިކުރާނެއެވެ.

ފެރަން ޓޮރޭޒް ޕީއެސްޖީއަށް ބަދަލުވުގެ މަރުހަލާ ނިމުމަކަށް ދިއުމާއެކު އޭނާ މިހާރު ވަނީ ބާސެލޯނާގެ ޕްރެކްޓިސްގައި ބައިވެރިވުންވެސް ހުއްޓާލާފައެވެ. ކްލަބް ބަދަލުވުމުގެ ވާހަކަތަކުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

މެންޗެސްޓަރ ސިޓީއަށް ކުޅުމަށްފަހު, ބާސެލޯނާއަށް ބަދަލުވި ފޯވާޑް ވަނީ ނިމިގެންދިޔަ ވަރލްޑްކަޕްގައިވެސް ވިދާލާފައެވެ. ފައިނަލް މެޗުގައ އާޖެންޓީނާ ކޮޅަށް ލަނޑު ޖެހީ ފެރަން އެވެ. އޭނާ ލަނޑު ޖެހީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައެވެ.

2022 ވަނަ އަހަރު ސިޓީން ބާސާއަށް ބަދަލުވެ, ފެރަން ޓޮރޭޒް ވަނީ އެކްލަބަށް 140 މެޗު ކުޅެ, 41 ގޯލް ޖަހައިދީފައެވެ. ދެ އަހަރު މެންޗެސްޓަރ ސިޓީއަށް ކުޅުމުގެ ކުރިން 26 އަހަރުގެ ފޯވާޑް ކުޅުނީ ވެލެންސިޔާއަށެވެ.