ޚަބަރު

ސްކޫލުތަކުގައި ޤައުމީ ދުވަސް ފާހަގަކޮށްފި


  • މިދުވަސް ފާހަގަކުރުމަށް ޚާއްސަ އެސެމްބުލީތައް ބާއްވާފައިވޭ

  • ޤައުމީ ލަވަތަކާއި ސަޤާފީ ނެށުންތައް ހުށަހަޅާފައިވޭ

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮންމެ އަހަރަކުވެސް ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރަނީ، ރަބީޢުލް އައްވަލްމަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވީ، މިމަހުގެ 14 ވަނަ ދުވަހާއެވެ.

ޤައުމީ ދުވަހަކީ، ސަރުކާރު ބަންދު ދުވަހަކަށްވާތީ މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލުތަކުގައި މިއަދު ޤައުމީ ދުވަސް ފާހަގަކޮށްފައިވާއިރު، އެހެން ސްކޫލުތަކުން ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރި އެއް ސްކޫލަކީ، ދަރުމަވަންތަ ސްކޫލެވެ. ޤައުމީ ދުވަހާ ގުޅުވައިގެން ދަރުމަވަންތަ ސްކޫލުގައި ޚާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. މި އެސެބްލީގައި ޤައުމީ ދުވަހާ ގުޅޭގޮތުން ދަރިވަރަކު ވާހަކަ ދެއްކުމާއި، ޤައުމީ ލަވަ ހުށަހެޅުމާއި، ސަޤާފީ ނެށުން އަދި ޤައުމީ ދުވަހާ ގުޅޭ ޑްރާމާ ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން އިންޓަވަލް ގަޑީގައި ފޮޓޯ ނެގުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވި ދުވަހާ ގުޅިގެންނެވެ.

ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންވީ 1573 ވަނަ އަހަރު، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި އިތުރު 5 ބޭކަލަކު އިސްވެކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ސަބަބުންނެވެ. އެ ދުވަހަކީ، 1573 ވަނަ އަހަރުގެ ރަބީޢުލް އައްވަލްމަހުގެ 1 ވަނަ ދުވަހެވެ.