ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ގަލޯނާ ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ.
ގަލޯނާ ސްޕޯރޓްސް ކްލަބް ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި އެޓީމްގެ ފަހު މެޗު ޑީއެސްއާރުސީ ޖޫނިއަރއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފުރުޞަތު ލިބެން އޮތް މެޗު ގަލާނޯ ސްޕޯރޓްސް ކްލަބުން ކާމިޔާބުކުރީ 4-1 ނެވެ. މެޗުގައި ގަލޯނާގެ ލަނޑުތައް ޖެހީ އަހުމަދު ސިނާހު އާއި ޒަޔާން ޝަރީފް އެވެ. ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިނާހު އެވެ.
ޑީއެސްއާރުސީ ޖޫނިއަރ ގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު ލޫތު އާގިސް އެވެ. މިނަތީޖާއާއެކި ގަލޯނާ ސްޕޯރޓްސް ކްލަބަށް ސެމީގެ ޖާގަ ލިބެނީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިގްރޫޕްގެ އެއްވަނަ ހޯދީ ޔުނައިޓެޑް ދިގުވާނޑޮ އެވެ. އެމީހުން ވަނީ ފަހު މެޗުގައި 19-0 ޔުނައިޓެޑށް ދިގުވާނޑޮ ސްޓްރައިކަރސް ބަލިކޮށްފައެވެ. 19 ލަނޑުގެ ތެރެއިން 15 ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ބައްސާމް މުޙައްމަދު ނައީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ބައްސާމް އެވެ.
ގްރޫޕް އޭގެ އެއްވަނަ ހޯދީ އައްޔަނަ ސްޕޯރޓްސް ކްލަބެވެ. އެގްރޫޕުން ސެމީ ޔަގީންކޮށްފައި އޮތް އައްޔަނި ސްޕޯރޓްސް ކްލަބާއި ހޯފަޑު ސްޕޯރޓްސް ކްލަބްގެ މެޗު އައްޔަނި ސްޕޯރޓްސް ކްލަބުން ކާމިޔާބުކުރީ 1-0 ނެވެ. ހަމައެކަނި ލަނޑު ޖެހީ ޝަނާން ރަޝާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ޝަނާން އެވެ.
ސެމީފައިނަލްގައި އައްޔަނި ސްޕޯރޓްސް ކްލަބް ވާދަކުރާނީ ގަލޯނާ ސްޕޯރޓްސް ކްލަބާއެވެ. ޔުނައިޓެޑް ދިގުވާނޑޮ ވާދަކުރާނީ ހޯދަޑު ސްޕޯރޓްސް ކްލަބާއެވެ.