ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ދެނެގަންނަމުންދާ ކަމަށެވެ. އަދި މައްސަލަ ވީހާވެސް އަވަހަށް ދެނެގަނެ ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް ދެނީ ހުޅުމާލެ ފޭސް 1ގައި ހުންނަ، މައި އިންޖީނުގެ މެދުވެރިކޮށެވެ. އާބާދީ ބޮޑުވުމާއެކު، ހުލުމާލެގައި ކަރަންޓުގެ ޑިމާންޑް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.