އިންޓަގްރޭޓެޑް ސަސްޓައިނަބްލް ލޯ އެމިޝަން ޓްރާސްޕޯޓް، އައިލެޓް މަޝްރޫޢުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު ފާއިޒު ވިދާޅުވެއްޖެއެވެ.
އިންޓަގްރޭޓެޑް ސަސްޓައިނަބްލް ލޯ އެމިޝަން ޓްރާސްޕޯޓް" މަޝްރޫޢުއަކީ އެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫޢަކީ ވައިގެ ކޮލިޓީ ބަލާ، ވައިގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
.
ސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު ފާއިޒު ވިދާޅުވީ ރާއްޖެއަކީ ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވާއިރު، ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ވައިގެ ކޮލިޓީއަށް ވަރަށް ބޮޑަށް އަސަރުކުރާކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ސިއްޙީ މައްސަލަތައްވެސް ދިމާވާކަން ފާހަގަކުރައްވާ ފާއިޒު ވިދާޅުވީ، ވައިގެ ކޮލިޓީ ބަލާ، ވައިގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކާ މަސައްކަތްކުރަންޖެހޭކަމަށް ފާއިޒު ވިދާޅުވިއެވެ.
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ، ޖެފް އާއި ޔުނެޕްގެ އެހީތެރިކަމާއެކު ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއިން ކާބަން ބޭނުންކުރާ މިންވަރު ދަށްކުރުމަށް ހިންގާ މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި، ތިމާވެއްޓާއި ރައްޓެހި އީމޮބިލިޓީ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކުރުން ހިމެނޭކަމަށް ފާއިޒު ވިދާޅުވިއެވެ.
"ކަރަންޓު އުޅަނދުފަހަރު ބޭނުންކުރުމަށް ބޭނުންވާ ޤާނޫނީ އަދި އުސޫލީ އޮނިގަނޑު އެކުލަވާލުމަކީ މީގެ މަޤްސަދެއް. އީމޮބިލިޓީއަށް ބޭނުންވާ ޗާޖިން އންފްރާސްޓްރަކްޗަރ ޤާއިމްކުރުމަކީވެސް މަޤްސަދެއް." މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު ފާއިޒު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ފާއިޒު ވިދާޅުވީ އެ މަޝްރޫޢުގެ ސަބަބުން އިލެކްޓްރިކް އުޅަނދުފަހަރަށް ބަދަލުވާން ބޭނުންވާ ނޭޝަނަލް އީ-މޮބިލިޓީ ރޯޑްމެޕާއި މިންގަނޑުތައް އެކުލަވާލެވޭނެކަމަށެވެ. އަދި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިން ސްޓޭޝަންތައް ޤާއިމްކޮށް، ޓެސްޓުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެކަމަށެވެ. ހަމައެހެންމެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ކަމާބެހޭ މުޢައްސަސާތަކަށް އީ-މޮބިލިޓީއާބެހޭ ތަމްރީން ދިނުމަށް ހަމަޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ނިމުމަށްފަހު، މަޝްރޫޢުއިން އެކުލަވާލާ މިންގަނޑުތައް ކަމާބެހޭ ވުޒާރާތަކުގެ ޤަވާއިދުތަކުގެ ތެރޭގައި ހިމެނުމާއި، އަމިއްލަ ފަރާތްތަކާއި ތިމާވެއްޓާއި ރައްޓެހި އުޅަނދުފަހަރު ގަތުމަށް މަގުފަހިވާނެ މާލީ އިންތިޒާމްތައް ހަމަޖައްސާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޗާޖިން ސްޓޭޝަންތައް އަވިލް ހަކަތަ އުފައްދާ ނިޒާމުތަކާ ގުލާލައިގެން ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.