ޚަބަރު

ބިނާރާބެހޭ ވުޒާރާއިން ލިޔެކިޔުންތަކެއް މަދުވެފައެއް ނުވޭ: ޕޮލިސް


  • ޕޮލިހުން ވިދާޅުވީ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް ހުޅުވާފައި ހުރިކަމަށް ރިޕޯޓުކުރީ އެވުޒާރާއިންކަމަށް

  • ފުލުހުންގެ ހާޒިރުގައި އެވުޒާރާގެ މުވައްޒަފުން ވަނީ ލިޔެކިޔުން ހަމަތޯ ބަލާފައި

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލިޔެކިޔުންތަކެއް މަދުވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ބިނާރާ ބެހޭ ވުޒާރާގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައިވާކަމަށް އެވުޒާރާއިން ރިޕޯޓުކޮށްފައިވާކަމަށެވެ.

ވުޒާރާގެ ފަރާތުން އެކަމާއި ގުޅޭ ރިޕޯޓް ހުކުރު ދުވަހުގެ ރޭ 19:18 ހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން އެވުޒާރާއަށް ގޮސް ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުންގެ ހާޒިރުގައި އެވުޒާރާގެ މުވައްޒަފުން އެލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު ބައެއް މީޑިއާތަކުން ވަނީ ބިނާރާ ބެހޭ ވުޒާރާއިން ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް ހުޅުވާފައި ހުރިކަމަށްބުނެ ޚަބަރުތަކެއް ފަތުރާފައެވެ.