ޚަބަރު

ފޭންސް ޕްލެޔަރ ހޮވުމުގެ ފުރުސަތު، ވޯޓުލެވޭނީ ޕީއެސްއެމް އެއާ އެޕުން


  • 9 ކުޅުންތެރިއެއްގެ ނަން ނޮމިނޭޓުކޮށްފައިވޭ

މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭއެމް އެވޯޑްސް 2026ގެ "ފޭން ފޭވަރިޓް ޕްލެޔަރ އޮފް ދަ ޔަރ" ނުވަތަ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެފްއޭއެމް އިން އިއުލާނުކޮށްފައިވާ ގޮތުގައި މި އެވޯޑަށް ނުވަ ކުޅުންތެރިޔަކު ވަނީ ނޮމިނޭޓުވެފައެވެ.

"ފޭން ފޭވަރިޓް ޕްލެޔަރ އޮފް ދަ ޔަރ" ނޮމިނީޒް:

  • އަލީ ފާސިރު (ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު)
  • މުޙައްމަދު އިލާން އިމްރާން (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)
  • ހަމްޒާ މުޙައްމަދު (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން / ވިކްޓްރީ ސްޕޯޓްސް ކުލަބު)
  • އަޙްމަދު އައިހަމް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)
  • ޙުސެއިން ޝަރީފް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)
  • އަޙްޒަމް ރަޝީދު (އޮޑި ސްޕޯޓްސް ކުލަބު)
  • މުޙައްމަދު ޝަފީއު (އޮޑި ސްޕޯޓްސް ކުލަބު)
  • މުޙައްމަދު ފައިސަލް (ބުރު ސްޕޯޓްސް ކުލަބު / ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު)
  • އީތަން އިބްރާޙީމް ޒަކީ (ކުލަބު ވެލެންސިއާ / ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު)

މި ނުވަ ކުޅުންތެރިންނަށް ވޯޓު ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ވޯޓު ދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ "ޕީއެސްއެމް އައާ" އެޕްލިކޭޝަނެވެ.

ވޯޓުލުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ 18:00 އެވެ.

އެފްއޭއެމް އެވޯޑްސް ހަފްލާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ.

މި ހަފްލާގައި "ފޭން ފޭވަރިޓް ޕްލެޔަރ އޮފް ދަ ޔަރ"ގެ އެވޯޑުގެ އިތުރުން، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ އުއްމީދީ ކުޅުންތެރިޔާ ހިމެނޭހެން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.