ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެެއް، 3 މީހުންގެ ހާލު ސީރިއަސް


  • އެކްސިޑެންޓުގައި ސީރިއަސް އަނިޔާވި މީހުން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައި

  • މި އެކްސިޑެންޓުގައި 5 މީހަކަށް ވަނީ އަނިޔާވެފައި

ހުޅުލާމޭގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ރޭ ދަންވަރު ހުޅުމާލޭ ފޭސް2 ގައި ހިނގި މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ ދެސައިކަލެއް ޖެހިގެން ކަމަށެވެ.

މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.