ވިޔަފާރި

އެސްޓީއޯއިން ފިލިޕްސް ލައިޓްސް ތައާރަފްކޮށްފި


ފިލިޕްސް ލައިޓްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ހަމަޖައްސައިފިއެވެ. 

އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި މިހާރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެން ހުންނާނީ ހޯމް ޔޫސް އަށް ބޭނުން ކުރެވޭ އެލްއީޑީ އަދި ސީއެފްއެލްގެ ފިލިޕްސް ލައިޓްސްއެވެ. އިންޑަސްޓްރިއަލް، އޮފީސް، ޑެކަރޭޓިވް، އަދި އައުޓްޑޯ ގައި ބޭނުން ކުރެވޭ ކޮލިޓީގެ ފިލިޕްސް ލައިޓްސްގެ ތަފާތު ވައްތަރުތައް ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި އެސްޓީއޯއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ. ފިލިޕްސް ބްރޭންޑްގެ ލެޑް ލައިޓަށް ދެ އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރަންޓީ ދެއެވެ.

ދުނިޔޭގެ ބޮޑެތި ސްޓޭޑިއަމްތަކުގައި ބޭނުންކުރާ ލައިޓްގެ %90 އަކީ ފިލިޕްސް ލައިޓެވެ.