ޚަބަރު

ވަޒީރު އިރުތިޝާމް، މިސްރުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި


  • ބައްދަލުވުން އޮތީ އޯއައިސީގެ ހަވާސާގެ ތެރެއިން

  • ގުޅިގެން އިތުރު ދާއިރާތަކުން މަސައްކަތްކުރެއްވުމަށް މަޝްވަރާކުރެއްވި

ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް، މިސްރުގެ ޚާރިޖީ ވަޒީރު ބަދުރް ޢަބްދުލްލާތީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ޚާރިޖީ ވަޒީރުގެ 52 ސެޝަންގެ ހަވާސާގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ދެ ޤައުމުގެ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، ދެ ޤައުމަށް ލާބަހުރި ބައިނަލްއަޤުވަމީ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގައި ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ.

އަދި ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމާއި، އިތުރު ދާއިރާތަކުން އެކުގައި މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.