ޚަބަރު

މއ.ސަހަރާ ކައިރީގައި އެއްޗެއް ގޮއްވާލައިފި


މައްޗަން ގޮޅީ ސަހަރާ ކައިރީގައި އެއްޗެއް ގޮއްވާލައިފިއެވެ. 

ގޮއްވާލާފައިވަނީ ބެޓެރީތަކެއް އަޅާފައި ޑަބިޔަލެކެވެ. މިމައްސަލަ އެމްއެންޑީއެފުން މިހާރު ތަހްޤީގްކުރަމުންދާކަމަށް މަޢުލޫމާތުލިބެއެވެ. 

img:http://s2.psmnews.mv/images/660x400/14831808088021.jpg|މިއަދު އެއްޗެއް ގޮއްވާލި ސަރަޙައްދު

ސަލާމަތީ ބާރުތަކުންވަނީ މިޙާރު މިސަރަޙައްދު ބަންދުކޮށްފައެވެ. އެމްއެންޑީއެފްގެ އަލިފާން ނިއްވާ ލޮރީވެސް އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދެއެވެ. 

img:http://s3.psmnews.mv/images/660x400/14831813858027.jpg|ގޮއްވާލި ޑަބިޔާގެ ތެރޭގައި ހުރި ބެޓްރީތައް

މިމައްސަލަ ބެލުމުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދެއެވެ.

މިއަދު މިޙާދިސާ ހިނގި މަންޒަރުދުށްމީހަކު ބުނީ ގޮވާފައިވަނީ މައްޗަންގޮޅީ ސަހަރާ ކައިރީގައި ޑަބިޔަލެއްގެ ތެރޭގައި ހުރި ބެޓެރީތަކެއްކަމަށާ، އެ ބެޓެރިތައް ގޮވުމުން އާދަޔާޚިލާފު ބާރުއަޑަކާއެކު ބެޓެރިތައް ބުރަބުރައިގެންދިޔަކަމަށެވެ. އަދި އެބެޓެރީތައް ވިއްސައިގެންގޮސް އެސަރަޙައްދުގެ ބައެއްގޭގޭގެ ފުރާޅު މައްޗަށް ދިޔަކަމަށް އެމީހާ ބުންޏެވެ.