ތަރައްްޤީ

"ރިޔާސީ ވަޢުދުތަކުގެ %80، ރައީސް ޔާމީން ފުރިހަމަކުރައްވައިފި"


ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން، ރައީސްޢަބްދުﷲ ޔާމީން ކާމިޔާބުކުރައްވާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށާ، އެއީ އެމަނިކުފާނަށް ވަރަށް ފަސޭހަފުޅުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދު ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ހިންގަވާ ރައީސް ޔާމީން 2018، ކެމްޕެއިން އޮފީހުގެ މިއަހަރުގެ ޙަރަކާތްތައް ރަސްމީކޮށް ފެށްޓެވުމުގެގޮތުން މިރޭ ހުޅުމާލޭ، އެމްޕީއެލް ސަރަޙައްދުގައި ކުރިއަށްދާ "ފެށުން" ޖަލްސާގައިވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީއިންތިޚާބު ރައީސް ޔާމީން ފަސޭހަފުޅުކަމާއެކު ކާމިޔާބުކުރައްވާނީ، އެމަނިކުފާނުގެފުރަތަމަ ރިޔާސީ ދައުރުގެ ކާމިޔާބުގެ ސަބަބުންކަމަށެވެ. އެގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅުތަކުގެ %80 މިހާތަނަށް ކާމިޔާބު ކުރައްވާފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

އެބޭފުޅާ ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައީސް ޔާމީނަށް އަމާޒުކޮށް ފާޑުކިޔަނީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެތެރޭގައި ރައީސް ޔާމީން ރާއްޖެއަށް ގެންނެވި އިންޤިލާބީ ތަރައްގީގެ ސަބަބުން އެކަމާ ޙަސަދަވެރިވެގެންކަމަށެވެ. ރައީސްޔާމީނަށް އަމާޒުކޮށް ފާޑުކިޔާ އިދިކޮޅުފަރާތްތަކުގެ ތެރޭގައި އިސްކޮށް ތިބީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ދާއިރާގައި ޚިދުމަތްކުރުމަށް އެކިވަރުގެ މުއްދަތުތައް ލިބި އެމުއްދަތުތަކުގައި، މިދިޔަ ތިންއަހަރުގެ ތަރައްޤީއާ ގާތްކުރާ މިންވަރަށްވެސް ޚިދުމަތް ނުކުރެވޭ ބޭފުޅުންކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި މިރޭ ކުރިއަށްދާ "ފެށުން"ކެމްޕޭން ޖަލްސާއަށް ގިނަ އަދަދެއްގެބަޔަކު ޙާޒިރުވިއެވެ. މިރޭގެ ޖަލްސާގައި މުޅިން އަލަށް 260 ޒުވާނުން ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. މި ޒުވާނުންގެ މެމްބަޝިޕް ފޯމުތަކާ ޙަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.