ޚަބަރު

ބައެއް މަޤާމުތަކަށް ބަދަލު ގެންނަވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަރުކާރުގެ ބައެއް މަޤާމުތަކަށް ބަދަލު ގެންނަވައިފިއެވެ. 

އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަންގެ މަޤާމުގައި މިހާތަނަށް ހުންނެވި ޢަބްދުއްރަޝީދު ނާފިޛު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައި ހުންނެވި މަހުދީ ޢިމާދު މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަންގެ މަޤާމަށް މިހާރުވަނީ ބަދަލުކުރައްވާފައެވެ. 

ޢަބްދުއްރަޝީދު ނާފިޛު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ، ލޭބަރ ރިލޭޝަންސް އޮތޯރީޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.