ޚަބަރު

ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި


ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޢައްޔަނުކުރެއްވި މާފަންނު ތަރިވިދާގެއާގެ، އަލްފާޟިލް މުޙައްމަދު ޝަހުދީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް މާފަންނު ތަރިވިދާގެއާގެ، އަލްފާޟިލް މުޙައްމަދު ޝަހުދީ ޢައްޔަނު ކުރައްވައިފިއެވެ.  

މުޙައްމަދު ޝަހުދީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.