އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަކީ އަހަރަކު ފަންސާސް މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދޭނެ ކައުންސިލަކަށް ޤާނޫނީގޮތުން ހައްދަވައިދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ރ. އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުލްމަތީން ހަސަންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމުން ކައުންސިލްތަކަކީ އަމިއްލައަށް އާމްދަނީ ހޯދޭނެ ބަޔަކަށް ހައްދަވާނީ ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ލިބޭނެހެން ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.