ސިޔާސީ

ކެމްޕޭން ތަކެއްޗަށް ގެއްލުން ނުދިނުމަށް އީ.ސީ އިން އިލްތިމާސްކޮށްފި





 


ކުރިއަށް އޮތްރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ތަކެއްޗަށް ގެއްލުން ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.


 
އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހު ބާވީސްވަނަދުވަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކަށާއި ބެނާތަކަށް ގެއްލުންދޭ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.


 
 


އަދި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތް ކުރާ ފަރާތްތަކުން އިންތިޚާބުގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ނުވުމަށާއި އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ނުކުރަމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.