ޚަބަރު

ހުރިހާ މިސްކިތްތަކެއްގައި ޤުނޫތު ކިޔުމަށް އަންގަވައިފި


ރާއްޖޭގައި ހުމާއި ރޯގާ ފެތުރެމުންދާތީ ހުރިހާ މިސްކިތްތަކެއްގައި ޤުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

ޤުނޫތަކީ ޢާއްމު ބަލިމަޑުކަމެއްފަދަ މުސީބާތެއް ކުރިމަތިވުމުން ނަމާދުގައި ކިޔުމަށް ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެގެން އައިސްފައިވާ ދުޢާއެކެވެ. 

މާދަމާގެ މަޣުރިބު ނަމާދުން ފެށިގެން ކޮންމެ ޖަހުރިއްޔަ ނަމާދެއް ނުވަތަ އަޑުހަރުކޮށް ކިޔަވަންޖެހޭ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ގުނޫތު ކިޔުމަށް އަންގަވައި އެމިނިސްޓްރީން ވަނީ ބަޔާނެއް ނެރުއްވާފައެވެ. ޖަހުރިއްޔަ ނަމާދުތަކަކީ މަޣުރިބު، އިޝާ، ފަތިސް މިނަމާދުތަކެވެ.މިރޭގެ މަޣްރިބު ނަމާދުން ފެށިގެން އިސްލާމީ މަރުކަޒުގައ. ވަނީ ގުނޫތު ކިޔަން ފަށާފައެވެ. މާދަމާގެ މަޣުރިބު ނަމާދަށްފަހު ހުރިހާ މިސްކިތަކުން ވެސް،  ވަކި ގޮތެއް އަންގަވަންދެން ޤުނޫތު ކިޔުން ކުރިޔަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.