ޚަބަރު

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 5 ދުވަސް


ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލަގައި ހައްޔަރުކުރި މީހާގެ ބަންދަށް ކުރިމިނަލްކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 43 އަހަރުގެ ފިރިހެންނެކެވެ. މި މީހާގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާއިރު ރައީސް އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލަ ތަހްޤީކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

މި މީހާ ގާބުރިއެއް އެއްލަައި ތަޅާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަމީރު އަޙްމަދު މަގާވީ ފަޅީގައި ހުރި ކުޑަދޮރެއްގެ ބިއްލޫރިގަނޑެކެވެ.