މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ޝޯވް މިރޭ 22:30 ގައި


މޯލްޑިވިއަން އައިޑޮލްގެ ޝޯވްތައް ހަފްތާއަކަށް މެދުކެނޑުމަށްފަހު ގަދަ ދިހައެއްގެ ހިތްގައިމު ހުށައެޅުންތަކާއި އެކު މިރޭ ޓީވީ ސްކްރީންތަކާއި ހަމައަށް އަނެއްކާވެސް އަންނާނެއެވެ. tw:https://twitter.com/Maldivian_Idol/status/844258618337771520

އައިޑޮލް ފޭނުންގެ ޓޮޕް ޓެން ނުވަތަ ގަދަ ދިހައެއްގެ ފޯރިގަދަ ވާދަވެރި ހުށައެޅުންތައް މިރޭ 22:30 ގައި ޓީވީއެމުން ގެނެސްދޭނެއެވެ. ބެލުންތެރިންގެ އެންމެ މަޤްބޫލް ދިހައެއް މިރޭ ނުކުންނާނީ ވާދަވެރި ހިތްގައިމު ހުށައެޅުންތަކާއި އެކުގައެވެ. "ޕްލޭބެކް ސިންގިން: މި ތީމަށް މިރޭ ބައިވެރިން ނުންކުންނައިރު، މިރޭގެ ކުރިމަތިލުން ވަރަށް ވާދަވެރިވާނެއެވެ. ދިވެހިންގެ މެދުގައި މަޤްބޫލު ހިތްތަކާއި ކުޅެލާފައިވާ ހިތްގައިމު ލަވަތަކަށް މިރޭގެ ޝޯވްގައި ފެނިގެންދާނެއެވެ. tw:https://twitter.com/Maldivian_Idol/status/844255581888131072

މިހަފްތާގެ ޝޯވގައިވެސް ބައިވެރިންގެ ހުށައެޅުންތަކަށް ބެލުންތެރިންގެ ފަރާތުން ވޯޓުދިނުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވދައްކާ ވަގުތުން ފެށިގެން، މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް އޮންނާނެއެވެ. އަދި މިފަހަރުގެ ސީޒަންގެ ގަދަ 9 އެއް އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ އެލިމިނޭޝަން ނައިޓު ޝޯވގައެވެ.

އައިޑޮލް ސީޒަން 2 ގެ ގަދަ 10 ގައި ތިބި ބައިވެރިންނަށް ބަލާލާއިރު މީގެ ތެރެއިން އެއްވެސް ބައިވެރިޔަކީ ދެރަ ބައިވެރިޔެކޭ ބުނަވޭކަށް ނެތެވެ. އެހެންކަމުން މިރޭގެ ޝޯވްގެ ހުށައެޅުންތަކާއި އެކު ގަދަ ނުވައެއް ކަނޑައެޅުމަށް ބެލުންތެރިންނާއި ޖަޖުންނަށްވެސް އެހާ ފަސޭހަވަގެންދާނެ ކަމަކަށް ނުބެލެވެއެވެ.