ޓޫރިޒަމް ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. ޓޫރިޒަމް ސިނާއަތުގެ އުފެއްދުންތެރިކަމަށް އަންނަ ކޮންމެ ކުރިއެރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އަންނަ އެންމެބޮޑު ކުރިއެރުމެވެ.
2017 ވަނަ އަހަރުގެ ފެށުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ރަނގަޅުކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖޭގެ ޓޫރިޒަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14576243502046.jpg|އައިޓީބީފެއަރގައި ރާއްޖޭގެ ސްޓޭންޑްތަކަށް ފަތުރުވެރިން ޒިޔާރަތްކުރުން - ފައިލް ފޮޓޯ: ޕީއެސްއެމް
މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާއި ގުޅިގެން، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އެކަމުގެ މަންފާ ދަނީ ލިބެމުންނެވެ. ޙާއްޞަ ގޮތެއްގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި އެންމެބޮޑު ދައުރެއް އަދާކުރަމުންދާ ސީޕްލޭންގެ ދަތުރުތައް ވަރަށްބޮޑުތަން އިތުރުވެފައިވާކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. img:http://s1.psmnews.mv/images/660x400/14819918095957.jpg|ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު - ފައިލް ފޮޓޯ: ޕީއެސްއެމް
ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ މި ދުވަސްވަރު، ސްވައިންފްލޫގެ ސަބަބުން ރާއްޖެ އައުމަށް ޓޫރިސްޓުން ހައްދާފައިވާ ބުކިންސްތައް ކެންސަލްކުރުމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް ކަންބޮޑުވާފަދަ މިންވަރަކަށް ބުކިންސްތައް ކެންސަލް ކުރަމުން ނުދާކަމަށް ޓްރެވަލް އޭޖެންޓުން މައުލޫމާތުދެއެވެ. img:http://s3.psmnews.mv/images/660x400/14723759242298.jpg|މޯލްޑިވްސް ޓީވީ -
މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރެއްވުމަށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޕީއެސްއެމްއިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ މެދުވެރިކޮށް ރާއްޖެ ދުނިޔެއަށް އިސްތިހާރުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ޕީއެސްއެމްއިން ވަނީ، ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ނަމުގައި ފަތުރުވެރިކަމާއި ބެހޭ ލިއުންތެރިންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ނިންމާފައެވެ. img:http://s2.psmnews.mv/images/660x400/14759902776029.jpg|ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި - ފައިލް ފޮޓޯ: ވިޒިޓް މޯލްޑިވްސް