ޓުއަރިޒަމް

ރިޔާޟް ފެއާގައި މަޓާޓޯއާއެކު 11 ކުންފުންޏަކުން ބައިވެރިވާނެ


ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ބާއްވާ "ރިޔާޟް ޓްރެވަލް ފެއަރ"ގައި މަޓާޓޯއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން ބައިވެރިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ބުނީ ރިޔާޟް ފެއަރގައި އެ އެސޯސިއޭޝަނާއި އެކު ބައިވެރިވަނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވި 11 ކުންފުނިން ކަމަށެވެ. ރިޔާޟް ފެއަރ އޮންނާނީ އަންނަ މަހުގެ ހަތަކުން ދިހަވަނަ ދުވަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު މާޓާޓޯއާ އެކު މިފެއަރގައި ރާއްޖެއިން ބައިވެރިވެފައިވަނީ 6 ކުންފުންޏަކުންނެވެ. މިފެއަރ މެދުވެރިކޮށް މެދުއިރުމަތީގެ ޤައުމުތަކުގެ ޓްރެވަލް އެޖެންޓުންނާއި ދިވެހި ވިޔަފާރިވެރިންނާއި ގުޅުވާލުމުގެ ފުރުސަތު މާޓާޓޯއިން ފަހިކޮށްދޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. img:http://s2.psmnews.mv/images/660x400/14905208434291.jpg|ރިޔާޟް ފެއަރ -

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 3.4 އިންސައްތަ އަކީ މެދުއިރުމަތީގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ސަޢުދީ ޢަރަބިޢާއިން ރާއްޖެއަށް ފަނަރަހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2015 ވަނަ އަހަރަށްވުރެ 23 އިންސައްތަ އިތުރު ޢަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޓާޓޯއިން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން މިއަހަރުތެރޭ 9 ފެއަރއެއްގައި ބައިވެރިވުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ.