މުނިފޫހިފިލުވުން

އިލް ނޮއިސް މިމަހުގެ 27 ވަނަ ދުވަހުގެ ރޭ އެޅުވުމަށް ނިންމައިފި


ތިއޭޓަރ މިރާޖާއި އޯކޭޒްގެ އިލް ނޮއިސް މިމަހުގެ 27 ވަނަ ދުވަހުގެ ރޭ އެޅުވުމަށް ނިންމައިފިއެވެ.

މި ދިޔަ މަހުގެ 23 ވަނަދުވަހު ރިލީޒްކުރުމަށް ކުރިން ނިންމާފައިވާ އިލް ނޮއިސް އަޅުވާ ތާރީޚަށް ބަދަލުގެނެސްފައިވަނީ ރާއްޖޭގައި ފެތުރުނު ހުމުގެ ރޯގާއާ ގުޅިގެންނެވެ.

އެޑްވާޑް ބެނެވިކް ކިޔާ މީހަކަށް ޖެހިފައިވާ ބައްޔަކުން ސަލާމަތްވާން ކުރާ މަސައްކަތް ދައްކުވައިދޭ އިލް ނޮއިސް ދެއްކުމަށް ހަމަޖެހިފައިވަނީ ޝްވެކް ސިނަމާގައެވެ. މި ފިލުމް ވެގެންދާނީ އެހެން ދިވެހި ފިލުމްތަކާއި މުޅިން ތަފާތު ފިލްމަކަށްކަމަށް ތިއޭޓަރ މިރާޖުން ބުނެއެވެ. މި ފިލްމް އަވަށްޓެރި ބައެއް ޤައުމުތަކުގައިވެސް ދެއްކުމަށް ހަމަޖެހިފައިވެއެވެ.