ޚަބަރު

ދޯންޏެއް ފެތިފައިވާތީ ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި


މާލެއަތޮޅު ކާށިދޫ ކައިރިއަށް ދޯންޏެއް ފެތިފައިވާތީ، އެސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައިފިއެވެ.

 އެމްއެންޑީއެފުން ވިދާޅުވީ، ކާށިދޫގެ 12 ނޯޓިކަލް މޭލު ހުޅަނގުން 70 ފޫޓްގެ ދޯންޏެއް މުދަލާއެކު އަޑިއަށްގޮސްފައިވާކަމަށާ، ދެފެން ދޭތެރޭގައި އޮތް މި ދޯނި އޮޔާދާނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނަށް ކަމަށެވެ. އެހެންކަމުން، އެ އުޅަނދު އޮޔާދާތީ އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުތަކުން ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.