ޚަބަރު

ނާއިބު ރައީސް ތިނަދޫ ވޯޓަރ ޕާކް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ ވޯޓަރ ޕާކް އިއްޔެ ހަވީރު ހުޅުއްވައިދެއްވައިފިއެވެ. 

މިއީ ޒުވާނުންނާއި ކުޑަކުދިންނަށް ކުޅިވަރު ކުޅޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ޤާއިމްކުރައްވާފައިވާ ވޯޓަރ ޕާކެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތިނަދޫ ވޯޓަރ ޕާކް ހުޅުއްވައިދެއްވުމަށްފަހު، ފެތުމުގެ ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.