ޚަބަރު

ޔާމީން މަރާލާފައިއޮތް ސަރަހައްދުގެ ގެއަކުން މީހަކުހައްޔަރުކޮށްފި


ބްލޮގަރ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނުނު ސަރަހައްދުގައި ހުރި ގެއަކުން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ޔާމީން ދިރިއުޅުނުގެ މ.ސްޕެޓިއުލާގެ ހުންނަ ސަރަހައްދުގައި ހުރި ގެއަކުން ޒުވާނަކު ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ފެނުނު ބައެއް މީހުން ބުނީ އޭނާ ފުލުހުންގެ ބެލމުގެ ދަށަށް ގެންދިޔައީ އާދައިގެ ހެދުމުގައި ތިބި ފުލުހުންކަމަށެވެ. 

މިކަމާގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޢުމުރުން 29 އަހަރުގެ ޔާމިން ރަޝީދު، މަރާލާފައި އޮއްވައި ފެނުނީ ނިމުނު އެޕްރީލްމަހުގެ 22 ވަނަދުވަހުގެރޭގެ ވަގުތެއްގައެވެ. 

ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޒަހަމްކޮށްލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރީގައެވެ.