ޚަބަރު

"މޭޑް ރަނާސް" އިން "މާލެ ކްލީނިންގް ޗެލެންޖް" ފުރިހަމކޮށްފި


މާލެ ސާފުކުރުމަށް ކުރިއަށް ގެންދާ "މާލެ ކްލީނިންގް ޗެލެންޖް" ގައި މިހަފްތާގައި ބައިވެރިވެ "މޭޑް ރަނާސް" އިން ވަނީ މި ޗެލެންޖު ފުރިހަމކޮށްފައެވެ.

މިއަދު ހެދުނު ކުރިއަށް ދިޔަ މި ޙަރަކާތުގައި ސާފުކޮށްފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަޙައްދެވެ. 

އެން ރޭންޖުން އިންތިޒާމުކޮށްގެން، މާލެ ސާފުކުރުމަށް ހިންގާ "މާލެ ކްލީނިންގް ޖެލެންޖް" މިފަހަރު ފުރިހަމަކޮށްފައި ވަނީ މޭޑް ރަނާސް ގެފަރާތުންނެވެ. މާލެތެރެ ސާފުކޮށް ބޭއްވުމުގެ މަޤުސަދުގައި ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދާ މިޙަރަކާތުގައި މޭޑްރަނާސްއަށް ޗެލެންޖުކޮށްފައިވަނީ، އެލައިޑް އިންވެސްޓްމެންޓްސްގެ ފަރާތުންނެވެ.

މިހަރަކާތުގައި މިއަދު ހެންވޭރު އާޓިފިޝަލް ބީޗުގެ ސަރަހައްދު ސާފުކުރުމަށްފަހު، މޭޑް ރަނާސްގެ ފަރާތުން ވާހަކަދެއްކި އިބުރާހިމް އަލީވަނީ މާލެ ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަމާއި މެދު ވާހަކަ ދައްކާފައެވެ.

މިޙަރަކާތުގެތެރެއިން ، ކޮންމެ ހަފްތާއަކުވެސް މާލެ ސާފުކުރާ މުއައްސަސާއަކުން އެހެން ކޮންމެވެސް މުއައްސަސާއަކަށް ޗެލެންޖުކުރަން އޮންނަނީ ހަމަޖައްސާފައެވެ. މިއަދު މި ހަރަކާތުގައި ބައިވެރިވި މޭޑްރަނާސްއިން ޗެލެންޖުކޮށްފައިވަނީ، އިސްލާމިކް ބޭންކަށެވެ. 

މާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންރޭންޖުން އިންތިޒާމުކޮށްގެން ފަށާފައިވާ މާލެ ކްލީނިންގް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ ޕީ.އެސް.އެމްއެވެ.