ސިޔާސީ

ވޯޓާރސް ލިސްޓަށް ހުށައެޅުނު ޝަކުވާތައް އީސީ އިން ބަލަން ފަށައިފި





 


މިމަހުގެ ބާވީސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 61 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.


 
 


މިދިޔަ ހަފްތާ ބަންދުގައި ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ހަމަވިއިރު، ހުށަހެޅިފައިވާ ޝަކުވާތައް މިހާރު ބަލަން ފަށާފައިވާ ކަމަށާއި ހުރިހާ މައްސަލަތައްވެސް ވަކިވަކިން ބަލާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. މީގެ ތެރޭގައި ހިމެނޭ ޝަކުވާތައް ސައްހަނަމަ އެކަންކަން ރަނގަޅުކޮށްދޭނެ ކަމަށާއި ހުރިހާ ޝަކުވާތައް ބެލުމަށްފަހު މިރެއާ ހަމަޔަށް ވޯޓާރސް ލިސްޓް ފައިނަލް ކުރެވޭވަރުވާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.