ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮަޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާގޮތުގައި މާލޭގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކޮށްފައިވާއިރު މި ގެ ބަލައިފާސްކުރުމުގައި ފާރަ ބޭނުންކޮށްފައިވެއެވެ.

ފާރަ ގެމައިގެ އެހީތެރިކަމާއެކު ހިންގި މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 3 ދަޅަކާއި 18 ރަބަރު ޕެކެޓްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބާޒާރު ދެ ކޮތަޅާއި 15000 ރުފިޔާ އާއި ބޭރު ފައިސާތަކަކާއި ކަސްޓަމްސް ލޯގޯޖެހި ސްޓޭމްޕަކާއި ކައްޓާއެއް ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.