ކުޅިވަރު

ސެމީ ފައިނަލްގެ ދެވަނަ މެޗު މަދަރުސަތުލް އަހްމަދިއްޔާ ކާމިޔާބުކޮށްފި





 


މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ނަވާރަ އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ބައިގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މަދަރުސަތުލް އަހްމަދިއްޔާ ކާމިޔާބުކޮށްފިއެވެ.


 
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗު އަހްމަދިއްޔާ ސްކޫލް ކާމިޔާބުކުރީ ސީއެޗްއެސްއީއާއި ވާދަކޮށްގެންނެވެ.


 
ފޯރިގަދަކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ސީއެޗްއެސްއީންނެވެ. އެއީ ސަތާރަ ފަންސަވީސް އަދި އެކާވީސް ފަންސަވީހުން. އެހެންނަމަވެސް މެޗުގެ ފަހު ތިން ސެޓު ހޯދައި އަހުމަދިއްޔާއިންވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަދަރުސަތުލް އަހްމަދިއްޔާގެ ހަސަން ނާޝިދެވެ.


 
 


ނަވާރަ އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެންބައިގެ ސެމީފައިނަލް ތިންވަނަ މެޗުގައި މިއަދު ހަވީރު އަހްމަދިއްޔާ ވާދަކުރަންޖެހޭނީ ފުރަތަމަ ސެމީއިން ބަލިވި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއެވެ.