ޚަބަރު

އެން.އައި.އީ އިން 74 ބައިވެރިއަކު ދަސްވެނިވެއްޖެ


ނޭޝަނަލް އިންސްޓިޓުޓް އޮފް އެޑިއުކޭޝަންނުން ސުކޫލްތަކުގެ ޓީޗަރުންނަށާއި އިސްވެރިންނަށް ހާއްސަކޮށްގެން ހިންގި ކޯސްތަކުން 74 ބައިވެރިއަކު ދަސްވެނިވެއްޖެއެވެ.

ނޭޝަނަލް އިސްންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ސުކޫލްތަކުގެ ޓީޗަރުންނަށާއި އިސްވެރިންނަށް އަމާޒުކޮށްގެން 2016 ވަނަ އަހަރު ވަނީ ދެ ކޯހެއް ހިންގާފަ. އެއީ ޑިޕްލޮމާއިން ޓީޗިން އިންކުލޫސިވް އެޑިއުކޭޝަން އާއި ބެޗްލަރ އޮފް އެޑިއުކޭޝަން  އިން އެޑިއުކޭޝަން ލީޑަރ ޝީޕް އެންޑް މެނޭޖްމަންޓްއެވެ. ދަސްވެނިވި ފަރާތްތަކަށް ދަސްވެނިވިކަމުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މި ކޯސްތައް ހިންގުމަކީ، ސުކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް ތައުލީމީ ނިޒާމުގައި ސަރުކާރުން ފަށާފައިވާ މަސައްކަތުގެތެރެއިން ފާހަގަކުރެވޭ މަސައްކަތުގެ ނަތީޖާކަމަށެވެ. މިނިސްޓރ ވިދާޅުވީ މިފަދަ ކޯސްތަކުގައި މުއްދައްރިސުން ބައިވެރިވެ ސަނަދު ހާސިލް ކުރުމަކީ ސުކޫލްތައް ހިންގުން އިތުރަށް ވަރުގަދަ ވެގެންދާނެކަމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަޠީފް ވިދާޅުވީ އާ މަންހަޖު އެކުލަވައިލުމާއެކު ރާއްޖޭގެ ސުކޫލްތަކުގެ ފެންވަރު އަންނަނީ ދުވަހެއް ދުވަހެއް ކުރިއަރަމުން އަންނަކަމަށެވެ. އަދި ދުނިޔޭގައި ހުރި ނަމޫނާ ތައުލީމީ ނިޒާމްތައް ދިރާސާކުރަން ޖެހޭކަމަށް ލަތީފް ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ކޯސްތަކުން ވަނަ ވަނަ ހާސިލް ކުރި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވެއެވެ.