ވިޔަފާރި

ބީއެމްއެލްގެ އާ ޗެއަރޕަރސަންއަކަށް ސައީދާ އުމަރު


ބީއެމްއެލްގެ އާ ޗެއަރޕަރސަންއަކަށް ސައީދާ އުމަރު ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން މައުލޫމާތުދޭގޮތުގައި ބީއެމްއެލްގެ އާ ޗެއަރޕަރސަންއަކަށް ސައީދާ އުމަރު ހަމަޖައްސާފައިވަނީ އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވަރކިންގ ގްރޫޕްގެ ކޯ ޗެއަރއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަރމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައިވެސް ސައިދާ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވާފައި ވަނީ ފަރީހާ ޝަރީފެވެ.