މާދަމާ ޗައިނާގެ ހޮންގް ކޮންގްގައި ފަށާ ސީ ފުޑް އެކްސްޕޯ އޭޝިއާގައި މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތިން ކުންފުންޏަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި އެކު މި އެކްސްޕޯގައި ބައިވެރިވަނީ، މިފްކޯއިންނާއި އެންސިސް ފިޝަރީޒްގެ އިތުރުން ސީޕްރިއާއިންނެވެ. ސެޕްޓެމްބަރުމަހުގެ ފަހަކުން ހަތަކަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި އެކްސްޕޯގައި މިފްކޯއާއި އެންސިސް ފިޝަރީޒް ގުޅިގެން ރާއްޖޭގައި ކުރާ މަސްވެރިކަމާއި ގުޅޭގޮތުން އެކްސްޕޯގެ ތެރެއިން ޙާއްސަ ސެމިނަރ އެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.
ސީ ފުޑް އެކްސްޕޯ އޭޝިއާ އަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެކެވެ.