މަޓާޓޯ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންއަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް މަޓާޓޯއިން ބުނެފިއެވެ.
ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށް ޙާއްސަކޮށްގެން މަޓާޓޯއިން ބާއްވާ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ އަމާޒަކީ ގެސްޓްހައުސް އެޑިޝަންގެ އެކި ކެޓަގަރީތަކަށް ދުއިސައްތައަށްވުރެ ގިނަ ގެސްޓްހައުސްއިން ވާދަކުރުން ކަމަށެވެ. ގެސްޓްހައުސް އެޑިޝަނުގައި ޖުމްލަ 15 ކެޓަގަރީ ހިމެނެއެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، މުއްދަތު ހަމަވާ ތާރީޚް ފަސްކުރަންވެސް ވިސްނަމުންދާ ކަމަށް ޤިޔާސް ވިދާޅުވިއެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ބޭއްވުމަށް މަޓާޓޯއިން ތައްޔާރުވަމުންދަނީ ކ.މާފުށީގައެވެ. އެގޮތުން އެރަށުގައި އެވޯޑް ހަފްލާ ބާއްވާނެ ތަނެއް ނިންމުމުގެ މަސައްކަތް މަޓާޓޯއިން ދަނީ ކުރަމުންނެވެ.
ޓާޓޯއިން ވަނީ މިދިޔަ ޖުލައިމަހު މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން ބާއްވާފައެވެ. އަދި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުތެރޭ ކަމަށް މަޓާޓޯއިން މަޢުލޫމާތުދެއެވެ.