ޚަބަރު

ޖުވާ ކުޅޭ ސާމާނެއް ދޫކޮށްފައެއް ނުވޭ- ކަސްޓަމްސް


ރާއްޖެ އެތެރެކޮށްފައިވާ ޖުވާ ކުޅޭ ސާމާނުތަކެއް ކަސްޓަމްސްއިން ދޫކޮށްފައިވާކަމަށް ބުނާވާހަކަތައް ކަސްޓަމްސްއިން ދޮގުކޮށްފިއެވެ.

ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް އެފަދަ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ކަސްޓަމްސްއިން ދޫކޮށްފައިނުވާނެކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލާއި ރާއްޖެއިން ބޭރުކުރެވޭ މުދާ ބަލައިފާސްކޮށް ދޫކުރުމުގެ ކަންތައްތައް އެއޮފީހުގެ ފަރާތުން އަބަދުވެސް ކުރަމުންގެންދަނީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނާއި ޤަވާއިދާއި އެކަމަށްޓަކައި އެކަށައަޅާފައިވާ އުޞޫލުތަކުގެ ދަށުންކަމަށް އެ ކުންފުނިން ބުނެއެވެ.