މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އާމްދަނީގެ ގޮތުގައި 983.5 މިލިއަން ރުފިޔާ ލިބިއްޖެ. މިރާއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް މިރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު 12.89 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެކެވެ.
މިރާއިން ބުނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ އާމްދަނީ އިތުރުވެފައިވާއިރު މީ ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %4 އިތުރު އަދަދެއްކަމަށެވެ. މި އަދަދު އިތުރުވެފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި މި އަހަރުގެ ހަތަރުވަނަ ކުއާޓަރ އާ ދިމާވުމުންކަމަށްވެސް މީރާއިން ބުނެއެވެ.
މިރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ އޮކްޓޫބަރު މަހު ލިބުނު ޖުމުލަ އާމްދަނީގެ %54.9 ނުވަތަ 539.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ، އެއީ ޖުމްލަ އާމްދަނީގެ ތޭރަ ޕޮއިންޓް އެކެއް އިންސައްތަ ނުވަތަ ސަތޭކަ އަށާވީސް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާއެވެ.
މިިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން ބުނެއެވެ.