ޚަބަރު

ސައުތް-ސައުތް އެންޑް ޓްރިއަންގިއުލާރ ކޯޕަރޭޝަންގައި ޑރ.ޝައިނީ


ބްރެޒިލްގެ ބްރެސިލިއާގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސައުތް-ސައުތް އެންޑް ޓްރިއަންގިއުލާރ ކޯޕަރޭޝަންގައި ރާއްޖޭގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ.މުހައްމަދު ޝައިފީ ބައިވެރިވަޑައިގެންފިއެވެ.

މިކޮންފަރެންސްގައި ކުރިޔަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ޑރ.ޝައިނީ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އިންކްލޫސިވް ރޫރަލް ޓްރާންސްފޯމޭޝަން އިން ދަ ކޮންޓެކްސްޓް އޮފް ސިޑްސްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.ޝައިނީ ވަނީ ރާއްޖެއިން ކުދި ޖަޒީރަ ޤައުމެއްގެ ހައިސިއްޔަތުން ހޯދަމުންދާ ކާމިޔާބީތަކާ ބެހޭ ކޮންފަރެންސްގެ ބައިވެރިންނާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް އިފާޑާ، އދ.ގެ ކާބޯތަކެއްޗާބެހޭ ޖަމްޢިއްޔާ ފާއޯ އާ ގުޅިގެން އިންތިޒާމްކޮށްފައިވާ އިންޓަރނޭޝަނަލް ކޮންފަރެންސް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 20 އިން 21 އަށް ބްރެޒިލިއާގައެވެ. މިއީ ވަކި ޤައުމުތަކުގެ ތަރައްޤީގެ ތަސައްވަރު އެއްބަޔަކު އަނެއްބަޔަކާ ހިއްސާކުރުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ.