ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރުމުގެ އެވޯޑް ޑީން އަށް


ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މަޓާޓޯއިން ދޭ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް މުހައްމަދު ވަހިއްދުއްދީން (ޑީން ) އަށް އަރުވައިފިއެވެ. މަޓާޓޯއިން ދެމުންނަ އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގިނަ ކެޓަގަރީތަކެއް ކާމިޔާބުކޮށް މި ފަހަރުގެ އެވޯޑްސްގެ އެންމެ ކާމިޔާބު ބައެއްގެ ގޮތުން ފެނިގެން ދިޔައީ ކްރައުން ޗަންޕާ އަދި އަދާރަން ގްރޫޕްއެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިޔަށްދިޔަ މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޓް ޓުއަރ އޮޕަރޭޓަރޒް، މަޓާޓޯގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މި ފަހަރު 27 ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ.

މި ފަހަރު އެވޯރޑްގައި މަޓާޓޯއިން ވަނީ ލައިފްޓައިމް އެޗީވްމަންޓް އިން ސާރވިސް އާއި ރިކޮގްނިޝަން ފޯރ ލައިފްޓައިމް އެޗީވްމަންޓް އިން ސާރވިސްގެ ނަމުގައި އާ ދެ އެވޯޑެއް ތައާރަފްކޮށްފައެވެ. މި ދެ އެވޯޑްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ، ރިކޮގްނިޝަން ފޯރ ލައިފްޓައިމް އެޗީވްމަންޓް އިން ސާރވިސް އެވޯޑް އަރުވާފައިވަނީ މުހައްމަދު ވަހީދުއްދީން (ޑީން) އަށެވެ. ފަތުރުވެރިކަމުގައި ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ވަހީދުއްދީނަށް މި އެވޯޑް ހަވާލުކޮށްދެއްވީ ގާލާ ނައިޓްގައި ޝަރަފްވެރި މެހްމާނުގެ ގޮތުގައި ބައިވެރިވެޑައިގެންނެވި ހޯމް މިނިސްޓަރ އަޒްލީން އަހުމަދުއެވެ.  

ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްކޮށްދިނުމުގެ ބައިން، ލައިފްޓައިމް އެޗީވްމަންޓް އިން ސާރވިސް އެވޯޑް ލިބިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. 

ގިނަ ކެޓަގަރީތަކެއް ކާމިޔާބުކޮށް އެވޯޑްސްގެ އެންމެ ކާމިޔާބު ބައެއްގެ ގޮތުން ފެނިގެން ދިޔައީ ކްރައުން ޗަންޕާ އަދި އަދާރަން ގްރޫޕެވެ. ކްރައުން ޗަންޕާ ގްރޫޕާ، އަދަރަންއިން ވަނީ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ހަތަރު ކެޓަގަރީއަކުން އެވޯޑްތައް އުފުލާލާފައެވެ. އެވޯޑްސްގެ އެންމެ ޝަރަފްވެރި ކެޓަގަރީތަކަށް ކާމީޔާބުކުރި ފަރާތްތަކަށް ބަލާއިރު ލީޑިން ލަގްޒަރީ ރިސޯޓް އެވޯޑް ޝެވަލް ބްލޮންކް ރަންދެލި ކާމިޔާބުކޮށްފައިވާއިރު، މޯސްޓް ރޮމޭންޓިކް ރިސޯޓް އެވޯޑް ކާމިޔާބުކުރީ ހުވަފެންފުށި ރިސޯޓެވެ. އަދި ލީޑިން ޕްރައިވެޓް އައިލެންޑް އެވޯޑް ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް ކާމިޔާބުކޮށްފައިވާއިރު، ލީޑިން ޑިޒައިނަރ ރިސޯޓް ކާމިޔާބުކުރީ ސޮނެވާ ޖާނީ އަދި ލީޑިން ފެމެލީ ރިސޯޓް އެވޯޑް ކާމިޔާބުކުރީ ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓުންނެވެ.

ލީޑިންގ ބިޒްނަސް ހޮޓެލް އެވޯޑް ކާމިޔާބުކުރީ ހޮޓެލް ޖެން، ލީޑިންގ އެއާޕޯޓް އެންޑް ސިޓީ ހޮޓެލް އެވޯޑް ކާމިޔާބުކުރީ އީކުއޭޓަރ ވިލެޖް، ލީޑިންގ އިންޓަނޭޝަނަލް ކެރިއަރ އަށް ހޮވުނީ ސިންގަޕޯރ އެއާލައިންސް، ލީޑިންގ ލޯކަލް ކެރިއަރ އެވޯޑް ލިބުނީ ގައުމީ އެއާލައިން މޯލްޑިވިއަން، ލީޑިންގ ލޯކޯސްޓް ކެރިއަރ އެވޯޑް ކާމިޔާބުކުރީ އެއަރ އޭޝިއާއެވެ.

މިހަފްލާގައި އެވޯޑް ކާމިޔާބުކުރި ފަރާތްތަކުން ބުނީ މި ފަދަ އެވޯޑެއް ބޭއްވުމުން ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން ބޮޑު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް މި ދާއިރާގައި މަސައްކަތްކުރާ މީހުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މި އެވޯޑް ބާއްވާތީ އެ މީހުންވަނީ ވަނީ މަޓާޓޯއަށް ޝުކުރުއަދާކޮށްފައެވެ.

މަޓާޓޯއިން ބުނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް މިއަންނަ އަހަރު މިއަށްވުރެވެސް ބޮޑުކޮށް ބޭއްވުމަށް މަސައްކަތްކުރާނެކަމަށެވެ.